ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދޭން ޕީޖީ އެދިވަޑައިގެންފި

މި ބައްދަލުކުރެއްވުމުގައި، ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށް ވުރެ އަވަސް ކުރެއްވުމަށް ޕްރޮސިކިއުޓަރު ޖެނެރަލް ބާރުއެޅުއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށް ވުރެ އަވަސް ކުރެއްވުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އައްބާސް ޝަރީފު، ބާރުއަޅުއްވައިފި އެވެ.
ޕީޖީ މިކަމަށް ބާރުއެޅުއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާ މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅު ގަ އެވެ.މި ބައްދަލު ކުރެއްވުމު ގައި އައްބާސް ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި، ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށް ވުރެ އަވަސް ކުރެއްވުމަށް ޕްރޮސިކިއުޓަރު ޖެނެރަލް ބާރުއެޅުއްވި ކަމަށް އެ އޮފީހުން ބުންޏެވެ.ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފއިވާ ކަމަށާ އަދި މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން އެއޮފީހުގެ މަޝްވަރާއަށް -- ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ