މި މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ބުނި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ހުއްޓިފަ އޮންނަތާ 10 މަސް ދުވަސް މި މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ބުނި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ހުއްޓިފަ އޮންނަތާ 10 މަސް ދުވަސް

މި މަހުގެ ނިޔަލަށް ހިއްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މެދުކެނޑިފަ އޮންނަތާ 10 މަސް ދުވަސް ވެއްޖެ އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން މި މަހުގެ ނިޔަލަށް ނިންމާނެކަމަށް ރައީސް މުއިއްޒު ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ. ބިން ހިއްކާ ނިމުމާއެކު ގޯތި ދޫކުރަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ފަހުން މެއި 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ.
"ދެން ފޭސް ތްރީގައި މިހާރު ހިއްކަމުންދާ ބިން ހިއްކުމުގެ މަސައްކަތް، އެޗްޑީސީއިން އަޅުގަނޑަށް އެންމެފަހުންވެސް އަޕްޑޭޓް ދީފައި އެބައޮތް. އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވި ޑޭޓަށް ނިންމާނެ ކަމަށް. ޖުލައި މަހުގެ ނިޔަލަށް ބިން ހިއްކައި ނިމުނީމަ. އެ ތަނުން ދޫކޮށްފައި ހުރި ގޯތިތައް އެފަރާތްތަކާ ހަވާލުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ފޭސް ތިނެއްގެ މަސައްކަތް ކުރިއަށް ދާ މިންވަރު ދައްކުވައިދޭ ސެޓެލައިޓް ފޮޓޯ
ސެޓްލައިޓު ފޮޓޯތަކުންނާއި އެހެން މަސްދަރުތަކުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެންމެ ފަހުން ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ރައީސްގެ ރިޔާސީ ބަޔާނަށްފަހު އެ ބިން ހިއްކުމަށް އެންމެ ފަސްކޮޅެއް ވެސް ނާޅާކަން ސެޓްލައިޓު ފޮޓޯތަކުން ޔަގީން ވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު ގެނެސް ޖުމްލަ 63 ހެކްޓަރު ހިއްކުމަށް ފެށި މި މަޝްރޫއުގެ މަސައްކަތް މީގެ ކުރިން ވެސް އެކި ފަހަރުމަތިން މަޑުޖެހުނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ސެޕްޓެމްބަރު 22، 2023 ގަ އެވެ. އޭގެ ފަހުން އައި ހުއްޓުމަކަށްފަހު މި ސަރުކާރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފެށި އެވެ. އެފަހަރު ސަރުކާރުގެ އެކި ސިޔާސީ މުވައްޒަފުން މަސައްކަތް ކުރާ ސަރަހައްދަށް ގޮސް މަސައްކަތުގެ އަދާހަމަ އެކި ވީޑިއޯތަކުގެ ޒަރިއްޔާއިންވެސް ދިނެވެ. ނަމަވެސް އޭގެ ފަހުން ވެސް މަސައްކަތް މަޑުޖެހުނެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މަޑު ޖެހުނު ފަހުން އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓަޕްލޭން ވެސް ބަދަލުކޮށްފަ އެވެ. އައު ޕްލޭނުގައި އެންމެ ބޮޑު ބަދަލެއް އައީ ވެސް ފޭސް ތިނެއް ހިއްކާ ގޮތަށެވެ. މެއި 26، ގައި އަލަށް ނެރުނު ޕްލޭނާއެކު ފޭސް ތިނެއް، ފޭސް ދޭކާއި އެއްކޮށްލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ