މި މަސް ނިމޭ ހިސާބުން، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ބީއެމްއެލްއިން އިޝާރާތްކޮށްފައިވޭ: ރައީސް

މި މަސް ނިމޭ ހިސާބުގައި، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ގައުމީ ބޭންކް، ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން ވިއްކަން ޖެހޭ ޑޮލަރުގެ މިންވަރު އިތުރުވަމުން އަންނައިރު، އެ ބެންކުން ވަނީ ޑޮލަރު ވިއްކާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަަކަށް ވެސް ދަތިތައް ކުރިމަތިވާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން އެ މައްސަލަ ފާހަގަކޮށް، ހައްލެއް ލިބޭނީ ކޮންއިރަކުތޯ ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ ބީއެމްއެލްއިން ފިޔަވަޅުތައް އަޅައިފައިވަނީ އެ ބެންކަށް ދަތިތަކެއް ދިމާވުމުން ކަމަށެވެ. އެހެންނަމަވެސް އަޅުގަނޑު އިއްޔެގައި ރައީސް އޮފީހުން މައުލޫމާތު ހޯދައި ބެލިއިރުގައި މި މަސް ނިމޭ ހިސާބުން އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތްކުރައްވައިފައިވޭރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ މިންވަރަށް މީގެ ކުރިން ލިމިޓުތައް ކަނޑައަޅައިފައި ވަނިކޮށް، މިދިޔަ މަހު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދަން ބީއެމްއެލްއިން ނިންމިއެވެ. މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދޭން ނިންމައި އެކަން ވެސް ބެންކުން އިއުލާންކުރިއެވެ. https://sun.mv/221416 ބީއެމްއެލްއިން އޭރު ބުނީ، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް މީހުން، އޮންލައިން ވިޔަފާރި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް ވަރަށް ގިނަ އަދަދަކަށް މުދާ ގަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބުން، ބޭންކުން ވަރަށް ގިނަ ޢަދަދަކަށް ބޭރު ފައިސާ އެކަމަށް ވިއްކެނީ ނިސްބަތުން މަދު ބަޔަކަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެހެންވެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމީ ކަމަށް ބެންކުން ބުންޏެވެ. ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުުގައި ހުންނަތާ މަސްތަކެއް ވަނީ ވެފައެވެ. އެއީ، މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި ވިޔަފާރިވެރިންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ތަކެތީގެ އަގު އުފުލެން މެދުވެރިވާ ސަބަބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ