ޑޮލަރު ލިމިޓުތަކަށް މި މަހު ފަހުކޮޅު ލުޔެއް ލިބޭނެ: ރައީސް

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިހާރު ޑޮލަރު ދޫކުރާ ލިމިޓު ބޮޑަށް ހިފެހެއްޓިފައި އޮތީ ބޭންކަން ދަތިތަކެއް ދިމާވާތީ ކަމަށެވެ. ނަމަވެސް މި މަހުގެ ފަހުކޮޅު އެކަމަށް ލުޔެއް ލިބޭނެ ކަމުގެ މައުލޫމާތު ބޭންކުން ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބޭންކް އޮފް މޯލްޑިވްސް އަށް ދަތިތަކެއް ދިމާވާތީ ހަމަ މިހާރު ކުޑަކޮށް ލިމިޓުކޮށްފަ އޮތީ. އެހެންނަމަވެސް އަޅުގަނޑު އިއްޔެގަ ބޭންކަން ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގަ، މި މަސް ނިމޭ ހިސާބުގައި އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތް [ބޭންކުން] ކުރައްވާފަ ވަނީ،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ