އައްޑޫގެ ގުޅިފައިވާ ރަށްތަކުން 7 ގަޑިއިރަށް ކަރަންޓު ކަނޑާލަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ސެޕްޓެމްބަރު 14 ވާ ހޮނިހިރު ދުވަހު 7 ގަޑިއިރަށް ކަރަންޓު ކަނޑާލަން ނިންމާފައިވާކަމަށް ފެނަކައިން މައުލޫމާތު ދީފިއެވެ.މައުލޫމަތު ލިބޭގޮތުގައި، މިކަން ކުރަނީ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން އަންނަ ކޭބަލް ނެޓްވޯކްގެ މަރާމާތަކަށެވެ.ގޭގެއަށް ފެނަކައިން ފޮނޮވުި ނޯޓިސްގައި ވާގޮތުން ހޮނިހިރު ދުވަހު ހެނދުނު 9 އަކުން ހަވީރު 4 ޖެހުމާއި ހަމައަށް ކަރަންޓު ކަނޑާލަން ވަނީ ނިންމާފައެވެ. އަދި ކަނޑައެޅިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވިއްޖެނަމަ 7 ގަޑި އިރުވުމުގެ ކުރިންވެސް ކަރަންޓު ފޯރު ކޮށްދެވިދާނެކަމަށް ނޯޓިސްގައިވެއެވެ.އައްޑޫގައި ފެނަކައިން ހިންގަމުން އަންނަ އިންޖީނުގޭގެ، އިންޖީނަކަށް ދިމާވި މައްސަލައެއްގައި މިދިޔަ އާދީއްތަ ދުވަހު ވަނީ 8 ގަޑި އިރަށް ކަރަންޓު ކަނޑައިގެން ގޮސްފައެވެ. މިކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެެއްލުންތައް ވަނީ ވެފައެވެ. އައްޑޫ ކަރަންޓު މައްސަލައަށް ހައްލެއް ހޯދާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދެކެވެ. ނަމަވެސް އެކަން އެދެވޭ ގޮތެއްގައި ކުރެވެމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ