ފަނޑިޔާރުންނަށް "ވަޅޯ މަސްބުރިއެއް" ދިނަސް އޭގައި ހިފައިގެން ޙުކުމް ކުރޭ - މެމްބަރު ނާޒިމް

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް "ވަޅޯ މަސްބުރިއެއް" ދިނަސް، އޭގައި ހިފައިގެންވެސް ޙުކުމް ކުރަމުންގެންދާ މަންޒަރު ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.
މެންބަރު ނާޒިމް ވިދާޅުވީ ފަނޑިޔާރުންނަށް ކޮޮންްމެ އެއްޗެއް ފެނުނު ނަމަވެސް، ޙުކުމް ކުރަމުންގެންދާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، ސަދޫމްގައި ގާޒީއަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ގެނައީ ކާކުތޯ ސުވާލު ކޮށްލާ ކަމަށާއި ނަމަވެސް ރާއްޖޭގެ ފަނޑިޔާރުން އެވަރުވެސް ބަލާނުލާ ކަމަށެވެ.
"އިންސާފެއް ނެތި މި ދާދިއުމަކީ، އަޅުގަނޑުމެން ކަންބޮޑުވާ އެންމެ ބޮޑު މައްސަލަ. އަޅުގަނޑުމެންނަށް ޔަޤީނުންވެސް އެބަ އެނގޭ މަޖިލީހުގެ މެޖޯރިޓީ، ކުރިއަށް އޮތް ތަނުގައި މި ކަންވާނެ. އެމްޑީޕީ އާއި ޕީޕީއެމް، ޖޭޕީއާއި، އަދާލަތު ޕާޓީ ގުޅިގެން އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބިއްޖެކަމަށްވާނަމަ މި ހުރިހާ ފަނޑިޔާރުންވެސް ތެޅިގެންފަ މައުމޫނު ފަހަތަށް އަރާނެ. މިއަދު ބާރު އޮތީމަ، އިންސާފުން ބޭރުގައި ބާރުއޮތީމަ، އެ ބެފުޅުންވެސް ނިކުމެގެން ވަންނަން އޮތީ ޖަލުކަމަށްވީމަ އެބޭފުޅުންވެސް ޖެހިލުންވަނީ" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ސިޔާސީ ލީޑަރުންގެ މައްޗަށް ނާއިންސާފުން ހުކުމްތައް ކުރުން ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، ސަރުކާރަށް ބޮޑެތި ގެއްލުންތަކެއްވަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ