އަބްދުﷲ ރިޔާޒް ގައިކޮޅަށް ކަޅު ތެޔޮ ޖެހި މީހުން ހޯދަން ފަށައިފި

ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒްގެ ގައިކޮޅަށް ކަޅު ތެޔޮ ޖެހި ބަޔަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ  ވީޑިއޯ އިން ފެންނަ 2 މީހުންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާމީހުން ކަމަށެވެ.
ނަމަވެސް އެމީހުން ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
"ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި ދެމީހުން ހޯދަމުން ދަނީ ރިޔާޒް މަޖިލީހަށް ވަޑައިގަންނަވަނިކޮށް އޭނާގެ ގައިކޮޅަށް ކަޅު ތެޔޮ ޖެހި މައްސަލައިގައިއެވެ.
ވީޑިއޯއިން ފެންނަ 2 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ