މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ހަތް މިނެޓުގެ ހަތަރު ކުއާޓަރުގެ ކުޅުމަށްފަހު، 23 ޕޮއިންޓް ތިން ޕޮއިންޓުން މި މެޗު ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ. މި މެޗުގެ "ކުއީން އޮފް ދަ މެޗް" ގެ މަގާމު ހޯދި ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކުރާ މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. މީގެ ކުރިން "އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް" ގެ ނަމުގައި ބާއްވަމުން އައި މި މުބާރާތުގެ ނަން މިއަހަރުން ފެށިގެން ވަނީ "ބީއެމްއެލް ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް" އަށް ބަދަލުކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ