އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށައި އަދަަދު ނޫހުގެ އޮފީސް ރެއިޑުކޮށް ގެންދިޔަ ސާމާނު އަނބުރާ ހޯދުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
އަދަދުގެ އޮފީހަށް ކޯޓު އަމުރެއް ހިފައިގެން އައިސް ފުލުހުން ވަދެގަތީ އެޕްރީލް 27، ގަ އެވެ. ގާތްގަނޑަކަށް ހަތަރު ގަޑިިއިރު އޮފީހުގައި ހަރަކާތްތެރިވުމަށް ފަހު އަދަދު ނޫހުން ބޭނުންކުރާ ލެޕްޓޮޕްތަކާއި، ހާޑް ޑްރައިވްތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ހިމެނޭހެން 20 ޑިވައިސްއެއް ފުލުހުން ގެންދިޔަ އެވެ.
އެ މައްސަލަ އަދަދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު ޖޫން 23، ގެ 09:00 ގައި ފުރަތަމަ އަޑުއެހުން ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މި ނޫހަށް ޖެހި ރެއިޑުގައި ގާތްގަނޑަކަށް 10 ފުލުހަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ޓޭޒާ ބަޑި ހިފައިން ހުރި ފުލުހަކު ވެސް ހުއްޓެވެ.
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި މި ނޫހުގެ ދެ ނޫސްވެރިން ޖަލުގައި ވެސް ބަންދުކުރި އެވެ.
އަދި އެ މައްސަލައާ ގުޅިގެން އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އަންނަނީ ޝަރީއަތެއް ހިންގަމުންނެވެ.
ފުލުހުން އަދަދުގެ އޮފީސް ރެއިޑުކޮށް ސާމާނު ގެންދިޔަ މައްސަލަ އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ