ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށް

މި އަހަރުގެ މިހާތަނަށް ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށް އަރައިފިއެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ފަތުރުވެރިން ދަނީ ރިސޯޓުތަކަށެވެ. ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކަށް 704,374 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 71.6 އިންސައްތައެވެ.
ރިސޯޓުތަކަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން ދަނީ ގެސްޓުހައުސްތަކަށެވެ. މި މުއްދަތުގައި 233,057 ގެސްޓުހައުސްތަކަށް ގޮސްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 23.7 އިންސައްތައެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމުލަ 1,007,009 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,030 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,287 ތަނެއް ދަނީ ހިންގަމުންނެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 67,514 އެނދު އޮޕަރޭޓްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ