“އަޅުގަނޑަށް ފެންނަނީ މަރަށް މަރުގެ އަދަބު ނޫން ގޮތެއް ދެން ނެތް ކަމަށް.”: މެމްބަރު އަލްހާން

މަޖިލީހުގައި އަލްހާން ފަހުމީ ވާހަކަ ދައްކަވަނީ | ފޮޓޯ: މަޖިލިސްފެންނަ ގޮތުގައި މަރަށް މަރުގެ އަދަބު ނޫން ގޮތެއް ދެން ނެތް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.ޑރ. އަފްރާޝީމްގެ ހަނދާނުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ ދިވެހި ދައުލަތުން މަރުގެ ތަންފީޒުކުރާ ދުވަހެއް ދެކެން ބޭނުންކަމަށެވެ. “އަޅުގަނޑަށް ފެންނަނީ މަރަށް މަރުގެ އަދަބު ނޫން ގޮތެއް ދެން ނެތް ކަމަށް. ދިވެހި ދައުލަތުން މަރުގެ ތަންފީޒުކުރާ ދުވަހެއް ދެކެން ބޭނުން. އަޅުގަނޑުމެން އަބަދުވެސް ޑރ. އަފްރާޝީމްހެ ހެޔޮ ޒިކުރާ އާކުރަމުން ގެންދާނަން.” މެމްބަރު އަލްހާން ފަހުމީ މަޖިލީހުގައި މިއަދު ވިދާޅުވިއެވެ.އިތުރަށް އަލްހާން ފަހުމީ ވިދާޅުވީ “ދަންނަ ބޭކަލަކު މި އަވަހާރަކޮށްލީ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނިންމޭކަށް ނެތް. މި މައްސަލައިގެ ތަހުގީގު ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދަވައި އަފްރާޝީމްގެ ގާތިލުންނާއި އޭގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަން. ރާއްޖޭގައި މި އޮތް އެއްވެސް ޖަރީމާއަކީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އައި ޖަރީމާތަކެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ތަރުބިއްޔަތުކުރުމުގެ މައްސަލަތަކެއް އެބަހުރި. އަފްރާޝީމް މަސައްކަތްކުރެއްވީ އެކަން އަންގަވައިދެއްވުމަށް.”ކަމަށެވެ.ގިނަ މަޖިލިސް މެމްބަރުންވެސް ދަނީ މަރަށް މަރު ހިފުމާއި އެއްކޮޅަށް ވާހަކަ ދައްކަވަމުންނެވެ.އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ އާއިލާ އަށް މަޖިލީހުގެ މިއަދު ވަނީ އެންމެ މަތީ ޝަރަފް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ