ޕީޕީއެމްގެ ކައުންސިލަށް އުމަރު އައްޔަންކުރައްވައިފި

ޕީޕީއެމްގެ ކައުންސިލަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަންކުރައްވައިފި އެވެ.
އުމަރު ކައުންސިލަށް އައްޔަންކުރައްވާފައިވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
އުމަރު ޕީޕީއެމްގެ ކައުންސިލަށް މިއަދު އައްޔަންކުރައްވާ އޭނާއަށް އެކަން މިހާރު އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޕީޕީއެމްގެ ކައުންސިލަށް އުމަރު އައްޔަންކުރައްވާފައިވާއިރު އޭނާ އަބަދުވެސް ގެންދަވަނީ ރައީސް މައުމޫނަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ