ގާނޫނީ އުސޫލުތަކުގެ ތެރެއިން ދެން ހައްޔަރުކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ: ގާސިމް

14:30ގާނޫނީ އުސޫލުތަކުގެ ތެރެއިން ދެން ހައްޔަރުކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާކަމުގެ ތުހުމަތުގައި ހައްޔަރުކުރެއްވި ގާސިމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ދައުވާއާ ގުޅިގެން ޖިނާއީ ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ވަގުތުން ގާސިމް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން ކޯޓުން ނިކުމެވަޑައިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރޭން އޭނާ ހައްޔަރުކުރައްވާ ކަމަށް ވާނަމަ ބިރު ގަންނަންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.ގާސިމް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ޢަދުލުވެރި ނިންމުންތަކެއްކަން އެނގިގެން ހިންގައްޖެ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގައި އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި ފަސް ފަނޑިޔާރުންގެ ކޮމިޓީން އިއްތިފާގުވެފައި ވަނީ ޖިނާއީ ކޯޓާއި ހައި ކޯޓުން ގާސިމް ގޭބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ