ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ވެސް ބާތިލުކުރަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އެމައްސަލައިގެ ޝަރީއަތް އޮންނާނީ އެދުވަހު ހެނދުނު 11 ޖަހާއިރު އެވެ.
މި މައްސަލަ ހައިކޯޓަށް ހުށައަޅުއްވާފައިވަނީ މި ދާއިރާގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހިމް އެވެ. އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ މުހައްމަދު އަސްލަމްއެވެ.
ހިތަދޫ އުތުރު ދާއިރާގެ މައްސަލައާ އެކު ޖުމްލަ 11 ދާއިރާއެއްގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ދާއިރާތަކަކީ ފުނަދޫ ދާއިރާ އާއި ސ. ހިތަދޫ މެދު ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މަހިބަދޫ އަދި ވިލިގިނލި ދާއިރާގެ އިތުރުން ނައިފަރު ދާއިރާގެ އިތުރުން މީދޫ ދާއިރާއެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލާއިރު އަދި އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30. ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 11:30 ގައި ހަމަވާއިރު މިރޭ 9:00 އިން 11:30 ހައި ކޯޓު ހުޅުވާ ގޮތަށް އެ ކޯޓުން ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ