ދިވެހި ޒުވާނުނަށް މަތީތަޢުލީމުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން، މައުމޫން ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން، މިއަހަރު އިއުލާންކުރި ސްކޮލަރޝިޕްގެ ފުރުޞަތަށް ކުރިމަތިލީ ކުދިންގެ ތެރެއިން ޝަރުތުހަމަވާ 6 ކުދިންނަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.
ޝަރުތުހަމަވާ 6 ކުދިންނަށް ލިޔުން ހަވާލުކުރުން އޮތީ، މިއަދު މެންދުރުފަހު މައުމޫން ފައުންޑޭޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންޑިއާގެ ބެންގަލޫރު ގައި ހުންނަ ގާރޑްން ސިޓީ ކޮލެޖުން މަތީ ތައުލީމް ޙާޞިލްކުރުމަށްޓަކައި 4 ދާއިރާއަކުން 6 ކުދިންނަށް ސްކޮލަރޝިޕް އާއި ބެހޭ ލިއުން ޙަވާލުކޮށްދެއްވީ، މައުމޫން ފައުންޑޭޝަންގެ ޗެއަރމަން އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ.
މި ލިއުން އެކުދިންނާއި ޙަވާލުކޮށް ދެއްވުމަށްފަހު ފައުންޑޭޝަންގެ ޗެއަރމަން، ރައީސް މައުމޫން ވަނީ އެކުދިންނަށް މަތީ ތައުލީމްގެ ފުރުޞަތު ލިބުނުކަމަށްޓަކައި އެކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
އަދި އެކުދިންނަށް މިލިބުނު ފުރުޞަތުގެ ބޭނުން ވީހާވެސް ރަނގަޅު ގޮތެއްގައި ހިފުމަށާއި، އަދި ކޯސް ފުރިހަމަކޮށް އެކުއްޖަކު ކިޔެވި ދާއިރާއަކުން ޤައުމަށް ޚިދުމަތްކޮށްދިނުމަށް ވެސް، ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
މި 6 ކުދިންނަށް ސްކޮލަރޝިޕް ލިބިފައިވަނީ ބީ.އެސް.ސީ- ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް އާއި ބީ.އޭ- ޖަރނަލިޒަމް، ސައިކޮލޮޖީ، އިގްލިޝް އާއި ބީ.އޭ- ޓޫރިޒަމް، ހިސްޓްރީ، ޖަރނަލިޒަމް އަދި ބީ.ކޮމް- ބެޗެލަރ އޮފް ކޮމާރސް ގެ ދާއިރާއިން ކަމަށް، މައުމޫން ފައުންޑޭޝަނުން މައުލޫމާތުދެއެވެ.
މިކޯސްތަކުގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.
މައުމޫން ފައުންޑޭޝަންގެ ސްކޮލަރޝިޕަށް ހޮވުނު ކުދިންނަށް ލިޔުން ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ