މިއަދު ޕޮޒިޓިވްވީ 53 މީހުން

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން އިތުރު 53 މީހުން ޕޮޒިޓިވްވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް 2541 ސާމްޕަލް ނެގި ކަމަށާއި އަދި އޭގެ ތެރެއިން 53 މީހަކު ޕޮޒިޓިވްވި ކަމަށެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 29 މީހަކު ހިމެނެއެވެ. އަދި ރަށްރަށުން ފަސް މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 17 މީހަކާއި ލިވްއަބޯޑް ތަންތަނުން އެކަކު ޕޮޒިޓިވްވެފައި ވެއެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،765 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،683 އަށް އަރައިފައެވެ. މިވަގުތު ކޮވިޑް ޖެހިފައިވާ 1025 މީހުން ތިބިިއިރު ހޮސްޕިޓަލްގައި 74 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ކޮވިޑް ޖެހިގެން 50 މީހުން ރާއްޖޭގައި މިހާތަނަށް ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ