މަކަރުވެރި ހީލަތްތެރި ވިސްނުންތަކަށް ފުރުސަތު ނުދެއްވުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ގޮވާލައްވައިފިއެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ ސަރުކާރާ ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ކުރާ ވިޔާނުދާ ކަންތައްތައް ހުއްޓުވުމަކަށް ގެންނަންޖެހޭ ކަމަށެވެ.
އިދިކޮޅު ވިސްނުމުގެ މީހުން އެކިއެކި ނުބައި ވިސްނުންތައް ސަރުކާރުގެ އިދާރާތަކައް ވައްދާ ހަލަބޮލި ކުރުވަން މަސައްކަތް ކުރާކަމަށާއި މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ނުކުރުމާ މުއައްސަސާތަކުގެ އަގުވެއްޓޭ ގޮތަށް މަސައްކަތްކުރާއިރު ތިޔަ ދަތްއަޅަނީ ކާންދޭ އަތުގައިކަން ހަނދާންކުރަންޖެހޭ. އެއަށް ބަތާ ހަރާމީންއޭ ވެސް ބުނެވިދާނެ" އިސްމާއިލް ވިދާޅުވިއެވެ.
ސަރުކާރުގެ ކުރިމަގު އިރާދަކުރެވިއްޔާ ވަރަށް އުޖާލާ ކަމަށާއި މުނާފިގުންގެ މަޅީގައި ޖެހި މުޅި ދިރިއުޅުމާއި ކުރިމަގު ބަނަ ނުކުރެއްވުމަށް ވެސް އިސްމާއިލް ވަނީ ގޮވާލައްވާފައެވެ.
މަކަރުވެރި ހީލަތްތެރި ވިސްނުންތަކަށް ފުރުސަތު ނުދެއްވާ - ހޯރަފުށި ދާއިރާގެ މެންބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ