ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
އާދަޔާ ހިލާފަށް ހޫނުގަދަ ހަފްތާއަކަށް ފަހު، ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖެއަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.މެޓް އޮފީހުން ބުނީ ހަފުތާ ބަންދުގައި މޫސުން އެންމެ ގޯސް ވާނީ ހުކުރު ދުވަހު ކަމަށެވެ.އެގޮތުން ހުކުރު ދުވަހު މެދުރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ގުރުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.ހޮނިހިރު މޫސުން އެންމެ ގޯސްވާނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ހޮނިހިރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް އާދައިގެ ވަރަކަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ