އަބްދުﷲ ޝާހިދު ގެކޮޅަށް ފުލުހުން ވަނުމުގެ ބޭނުމަކީ އާއިލާއަށް ބިރު ދެއްކުން: ވަކީލް

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅަށް ފުލުހުން ވަނުމުގެ ބޭނުންމަކީ އޭނާގެ އާއިލާ އަށް ބިރުދެއްކުން ކަމަށް އަބްދުﷲ ޝާހިދު އާއިލާގެ ފަރާތުން ބުނެފި އެވެ.
މިއަދު ހަވީރު "ވީޓީވީ"ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ ޝާހިދުގެ އާއިލާގެ ވަކީލު އިބްރާހިމް ނާސިރު އަހްމަދު ވިދާޅުވީ އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދު ހައްޔަރު ކުރުމަށް ހެންވޭރު ރަބިއީމަންޒިލަށް ވަންނަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި މުހައްމަދު ޝާހިދު އުޅެމުންދަނީ ސޯސަން މަންޒިލުގައި ކަމަށެވެ.
ކޯޓު އަމުރަކާ އެކު ފުލުހުން ކުރިން ރަބިއީމަންޒިލަށް ވަދެފައި ވަނީ ގަސްތުގައި އެގޭގެ މީހުނަށް ބިރުދެއްކުމުގެ ބޭނުމުގައި ނޫން އެހެން ބޭނުމެއްގައެއްނޫން ކަމަށެވެ.
އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ މުހައްމަދު ޝާހިދު ހައްޔަރު ކުރުމަށް ފަހު ފުލުހުން ގޮސް އަބްދުﷲ ޝާހިދު ގެކޮޅަށް ވަނީ މުހައްމަދު ޝާހިދު އޭނާގެ ބައްޕައާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނުމުން އޭނާގެ ބައްޕަ ދިރިއުޅޭ އެޕާޓްމަންޓަށް ދިއުމުންނެވެ.
ނަމަވެސް ނާސިރު ވިދާޅުވީ އެގެއަށް ވަނުމަށް ފަހު ފިލައިގެން ގޮސްދާނެ ކަމަށް މުހައްމަދު ޝާހިދުއާ އެކު ވަންޖެހޭނެ ކަމަށް ވެސް އާއިލާ އިން ގަބޫލު ނުކުރާ ކަމަށެވެ.
"އަށް ވަނަ ފްލޯއިން ގޮސް ފިލައިގެން ދާނެ ތަނެއް ނޯންނާނެ. ދެން ސިފައިންގެ ބަޔަކީ[ފުލުހުންނަކީ] އެހާ އަންޕްރޮފެޝަނަލް ބަޔަކަށް ވެގެންނުވާނެ. އެތަނަށް ވަދެފައި މައިންބަފައިންނާ ބައްދަލުކޮށްފައި އަންނަމޭ ވިދާޅުވީމަ ބޭރުގައި މަޑުކޮށްފައި ފަސް މިނެޓް ދިހަ މިނެޓް ކޮށްފައި ނުނިކުމެއްޖެއްޔާ ޓަކި ޖަހާލެވޭނެ،" ނާސިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ