ދިވެހި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އެ ޚިދުމަތުގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވެއްޖެއެވެ.
ޢަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނު 10:15 ހާއިރު އިންޑިޔާގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޢަބްދުއްޝަކޫރަކީ މޯލްޑިވްސް ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިންގެ ޚިދުމަތް ވަކިކުރުމުން 2004ވަނަ އަހަރު ފުލުހުންގެ ޚިދުމަތުގައި ޢަބްދުއްޝަކޫރު ޚިދުމަތް ފެއްޓެވިއެވެ.
ޢަބްދުއްޝަކޫރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ އަށްވަނީ 2024 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ރައީސުލްޖުމްހޫރިއްޔާވަނީ އަރުއްވާފައެވެ.
ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ