ފޮރިން ސާވިސްގައި ތިބެންވާނީ އެ ދާއިރާގެ ތައުލީމީ މީހުން

ފޮރިން ސާވިސް އަށް އެ ދާއިރާގެ ރަސްމީ ތައުލީމު ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެހެން ޤާނޫނުގައި ކަނޑައެޅުން ރަނގަޅު ކަމަށް ފެންނަ ކަމަށް އެމްޑީޕީގެ ކުރީފެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ދިވެހިންނަށް އަވައްޓެރި ސްރީ ލަންކާ އިން ވިސާ ލިބުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުންތަކާ ގުޅިގެން ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ލަންކާ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައި ވަނިކޮށް ފައްޔާޒް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފޮރިން ސާވިސްއަށް އެ ދާއިރާގެ ފޯމަލް އެޑިއުކޭޝަނެއް ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެހެން ޤާނޫނުގައި ކަނޑައެޅުން ރަނގަޅުވެދާނެ ކަމަށް ފެންނަ ކަމަށެވެ.
"އޭރުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ މިފަދަ ހާދިސާތައް ދިމާވުން މަދުވާނެ." އޭނަ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ރާއްްޖޭގެ ފުރަތަމަ ދިފާއުއަށް ވާން ޖެހޭނީ ހާރިޖީ ސިޔާސަތު އަދި މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ ފޮރިން ސާވިސް އާއި އެ ސާވިސްގެ ގާބިލުކަމާއި ހުޝިޔާރުކަމުގެ ހުނަރު. ކަމަށެވެ. އަދި އެ ފޮރިން ޕޮލިސީ ވާން ޖެހެނީ ވީހާ ގިނަ ބަޔަކާ ނުޖެހި، ހާއްސަކޮށް އަވައްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށް ކަމަށެވެ.
ވިސާގެ މައްސަލައިގައި ރާއްޖެ އާއި ލަންކާއާ ދެމެދު ގުޅުން ގޯހުން ގޯހަށް ހިނގައި ދާނެ ކަމަށް ބުނެ އެކި ފަރާތްތަކުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުުރަމުންނެވެ. އަދި މިއީ މިއީ އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި މީގެ ކުރިން ހިންގި އިންޑިއާ އައުޓް ފަދަ ކަމަކަށް ވެދާނެކަމުގެ ބިރު އޮތް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ