7 ކައިވެނިކުރިއިރު ދެމަފިރިންގެ ދެމެދަށް ވަދެގަނެގެން 6 ކައިވެނިކުރި އަންހެނެއްގެ ވާހަކަ-

އޭނާ މިހާރަކު ޒުވާނެއް ނުވާނެތާއެވެ. ހުންނާނީ 50 އަހަރުން މަތީގައެވެ. އޭނާ 7 ކައިވެނިކުރިއެވެ. އެއިގެ ތެރެއިން 6 ކައިވެނިކުރީ ހެޔޮ ގޮތުގައި ރަނގަޅަށް އުޅެމުން އައި ދެމަފިރިންގެ ދެމެދަށް ވަދެގަނެގެންނެވެ. ބައެއް ފަަހރު ދެމަފިރިން ދުރުކުރުވައިގެންނެވެ. އަނެއްބައި ފަހަރު ދެއަންތބަށެވެ. ދެމަފިރިއެއްގެ ދެމެދަށް ނުވަދެ ކުރި ކައިވެނިކުރީ އޭނާއަށްވުރެ ޔަޤީނުންވެސް 25 އަހަރު ދޮށީ މީހަކާއެވެ. 
ކައިވެނިތަކުން ޢޭނާއަށް ލިބުނު ދަރިންގެ ޢަދަދު 5 އެވެ. ޢޭނާގެ ނިކަމެތިކަން ލިބި ޙާލުގައި ޖެހުނު ކުދިންގެ ޢަދަދު 24 އެވެ. މިއަދުވެސް އެކަނިވެރި މައެއްގެ ގޮތުގައެވެ. ލަފާކުރެވެނީ ޢުމުރުން އެހާދުވަސްވުމުންނާއި ގިނަ ފިރިހެނުންވެސް ދިރިއުޅުމާއިމެދު ވިސްނާތީ ދެމަފިރިއެއްގެ ދޭތެރެ ފޫއަޅުވައިނުލެވިގެން ހުންނަނީ ކަމަށެވެ. 
މިހާރު ކުރާކަމަކީ ޝަކުވާކުރުމެވެ. ޝަކުވާކުރަނީ ދަރިންގެ ބައްޕައިން ދަރިންނާއި އަޅައިނުލާތީއެވެ. އޭނާގެ ސަބަބުން ނިކަމެތިކަން ލިބިނު 24 ކުދިންގެ ވާހަކައެއް ނުދައްކައެވެ. 
އަޅުގަނޑު އޭނާގެ ވާހަކަ ޙިއްޞާމިކުރީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށެވެ. ރަނގަޅު ގޮތުގައި ދިރިއުޅޭ ދެމަފިރިންގެ ދެމެދަށް ވަދެގަނެގެން ލިބޭ ވަޤުތީ އުފަލަކަށްވުރެ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެ ކަމަށް ބުނުމަށެވެ.
 
- ފާޠިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ