ކޮންމެ މީހަކު ވެސް އެދުވަހަކު ކުރާނެ މަސައްތައް ރާވައެވެ. މުވައްޒިފުން ގެންގުޅޭ މީހަކު ނަމަ އެދުވަހަކު ކުރާނެ މަސައްކަތްތައް މުވައްޒިފުންނާއި ޙަވާލުކުރެއެވެ. ހަމަ އެގޮތަށް އިބިލީސް ވެސް ކޮންމެ ދުވަހަކު ހެނދުނު އޭނާގެ ބިޔަ ލަޝްކަރު އެއްކޮށް އެދުވަހު ކުރާނެ މަސައްކަތްތައް ހަވާލުކުރެއެވެ.
ލަޝްކަރު އެއްކުރުމަށްފަހު އިބިލީސް ބުނެއެވެ. ކަލޭމެންގެ ތެރެއިން މީހަކު މުސްލިމަކު މަގުފުރައްދައިފިނަމަ އެމީހެއްގެ ބޮލުގައި ތާޖް ބަހައްޓައިދޭނަމެވެ. އެ ތާޖް ޙާޞިލުކުރަން ޝައިޠާނާގެ އެ ބިޔަ ލަޝްކަރުގައި ހިމެނޭ ހުރިހާ ޝައިޠާނުން ގަދައަޅައި މަސއްކަތް ކުރާނެއެވެ.
ވީމާ މީސްތަކުންނަށް އޮތީ އެކަމުން ސަލާމަތްވެ ސާބިތުކަމާއިއެކު އިސްލާމް ދީނުގައި ތިބުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުންމަތީގައި ދެމިތިބުމަކީވެސް ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ހަމަ އެއާއިއެކު ފަރުޟު 5 ނަމާދު ޤަވާއިދުން ކުރުމަކީވެސް ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ފަރުޟު 5 ނަމާދު ބަރާބަރަށް ކުރުމަށެވެ.
ގެއަށް ވަނުމުގެ ކުރިން ޛިކުރު ނުކޮށްފިނަމަ ފަހަތުން އިބިލީސް ވަދެ ގެއިން ޖާގަ ހޯދައެވެ. ކެއުމުގެ ކުރިން ޛިކުރު ނުކޮށްފިނަމަ ކާތަކެތިން ޝައިޠާނުން ކައި ހަދައެވެ. ނަމާދަށް ފެށުމުން ނަމާދުކިޔާތަކެތި އޮޅުވާލަން މަސައްކަތް ކުރެއެވެ. ނަމާދުގައިކުރާ ކަންކަން އޮޅުވައިލުމާއި ހަމައަށް ވަސްވާސްތައް ހިތަށް ވައްދުވައެވެ. މި ކަންކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެއެވެ.
މީހަކު މަރުގެ އިންޒާރު ދީފިނަމަ އިންތިހާއަށް ބިރުގަނެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ. މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެފިނަމަ މުދައު ރައްކައުތެރުކުރުމަށް ފިޔަވަޅު އަޅައެވެ. މިސާލަކަށް ކާރަކަށް ގެއްލުން ދޭނެ ކަމަށް ބުނެފިނަމަ ވަށައިގެން ކެމެރާތައް ހަރުކޮށް ފާރަވެރިން ބައިތިއްބައެވެ. ސައިކަލު މަޑީގައި ކަޓަރު އެޅުން ފަދަ ކުޑަ ގެއްލުމެއް ދޭނެ ކަމަށް ބުނި ނަމަވެސް ސައިކަލު ގޭތެރެއަށް ވައްދައި ފޮރުވައެވެ.
މުދައު ރައްކައު ތެރިކަމުގެ ގޮތުން މިފަދަ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއަ ނަމަވެސް ﷲ ތަޢާލާގެ އިންޒާރުތަކަށް ބިރުން އެޅެނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ޝައިޠާނާ އަކީ އެންމެހައި މީސަތަކުންގެ ދުޝްމިނެއް ކަމާއި އަދާވާތްތެރިއެއް ކަމާއި މަގު ފުރައްދަން މަސައްކަތް ކުރާނެ ކަމާއި މިފަދަ ހުރިހާ އެންގެވުންތަކެއް ކީރިތި ޤްރައާނުގެ އާޔަތަކުގައި ބަޔާންކުރައްވަވާފައިވާއިރުވެސް އެ އިންޒާރުތަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟
މީސްތަކުންގެ އެންމެ ބޮޑު ދުޝްމިނަކީ އިބިލީހެވެ. ﷲ ތަޢާލާގެ މަގުގައި ފިސާރި ސާބިތުވެ ހުރި މީހަކު ނޫން އެހެން އެންމެން މަގުފުރައްދާނެ ކަމަށް އިބިލީސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ވަނީ ވަޢުދުވެފައެވެ. މީސްތަކުންނަށް އެކަން ބަޔާންކޮށް ދެއްވެވުމަށްޓަކައި ﷲ ތަޢާލާ ވަނީ އެކަން ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް އިބިލީހުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް އެބަ ކުރެވޭ ހެއްޔެވެ؟
- ޝައިޚް އިބްރާހީމް ރަޝީދު ޙަސަންގެ ދަރުސަކުންދ
ޝައިޠޯނާއަށް ތިބާގެ ފަހަތުން ދުވެވި ގެއަށް ގަދަކުރެވެނީ ކީއްވެގެންކަން އެނގޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ