އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް އަލްކަރާޒް ރެކޯޑަކާ އެކު ކެރިއަރު ސްލޭމް ފުރިހަަމަކޮށްފި އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް އަލްކަރާޒް ރެކޯޑަކާ އެކު ކެރިއަރު ސްލޭމް ފުރިހަަމަކޮށްފި

މެލްބާން، އޮސްޓްރޭލިއާ (ފެބްރުއަރީ 1) - ފުރަަތަމަ ފަަހަރަށް އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދައި، ޓެނިހުގެ ތާރީހުގައި އެންމެ ޒުވާން އުމުރުގައި ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ސްޕެއިނުގެ ތަރި، ކާލޯސް އަލްކަރާޒް ގާއިމްކޮށްފި އެވެ.
އަލްކަރާޒް މި ރެކޯޑް މުގުރާލާފައިވާއިރު، މިއީ ފާއިތުވި 87 އަހަރު ތެރޭ މި ރެކޯޑް މުގުރާލި ފުރަތަަމަ ފަހަރެވެ. ކުރިން މި ރެކޯޑް އޮތީ އެމެރިކާގެ ޑޯން ބަޖް އަތުގަ އެވެ.
ކެރިއަރުގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ފައިނަލަށް ދަތުރުކުރި، އަލްކަރާޒް، 22، ފައިނަލުގައި ކުޅުނީ، 11 ވަނަ ފަހަރަށް ފައިނަލުގައި ވާދަކުރި ނޮވަކް ޖޮކޮވިޗް، 38، އާ ދެކޮޅަށެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ޖޮކޮވިޗް، ގެންދިޔަ ނަމަވެސް ދެން ކުޅުނު ހަތަރު ސެޓުން ވެސް މޮޅުވީ އަލްކަރާޒް އެވެ. މެޗުގެ ސެޓުތައް ދިޔައީ، 2-6 6-2 6-3 7-5 އެވެ.
ޓެނިހުގެ ގްރޭންޑް ސްލޭމް ހަތަރު މުބާރާތް އޮތްއިރު، އަލްކަރާޒަށް މިހާތަނަށް ނުލިިބި އޮތީ އޮސްޓްރޭލިއަން އޯޕަން އެވެ. މި ފަަހަރު، އެ ތަށި ހާސިލްކޮށް، ކެރިއާ ސްލޭމް ފުރިހަމަކުރިއިރު، އޮސްޓްރޭލިއަން އޯޕަން ފިޔަވައި، ދެން އޮތް ތިން މުބާރާތުގެ ތަށި އަލްކަރާޒް ވަނީ ހަ ފަހަރު ހޯދައިފަ އެވެ. އެއީ، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން ކޮންމެ މުބާރާތެއް ތިން ފަހަރު އެވެ.
އަލްކަރާޒް އަކީ ކެރިއާ ސްލޭމް ފުރިހަމަ ކުރި ނުވަ ކުޅުންތެރިޔާ އެވެ. އަދި، އެންމެ ފަހުން، ކެރިއާ ސްލޭމް އެއް ފުރިހަމަ ކުޅުންތެރިއަކީ، 2016 ވަަނަ އަހަރު ޖޮކޮވިޗް އެވެ. ޖޮޮކޮވިޗް، އެންމެ ފަހުން ގްރޭންޑް ސްލޭމެއް ކާމިޔާބުކުރި، 2023 ވަނަ އަހަރުގެ ޔޫއެސް އޯޕަން އެވެ. ޖޮކޮވިޗް އަންނަނީ 25 ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދައި، މަގަރެޓް ކޯޓުގެ ރެކޯޑާ ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެކަމަކު، މިއަދުގެ ފައިނަލަށް ފަހު ޖޮކޮވިޗް ބުނެފައިވަނީ، ގްރޭންޑް ސްލޭމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި އޭނާ ފެނުމުގެ ފުރުސަތު ފަހަރަކަށް ވުރެން ފަހަރެއް ކުޑަވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ