ދައުލަތުގެ ދަރަނީގެ މައްސަލައަށް ސަރުކާރަށް އެކަނި ހައްލު ނުހޯދޭނެ ކަމަށާއި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިކަން ސާފު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނީގެ މައްސަލައަކީ މިހާރު ގައުމީ މައްސަލައެއް ކަމަށެވެ.
ބުނީ ކީކޭ؟ - "ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގާ، އެ ފައިސާއިން ކުރާ ހަަމައެކަނި ކަމަކީ ކުރީގެ ދަރަނި އަނބުރާ ދެއްކުން ކަމަށް ވީމާ، މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާކަން ސާފު،" ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިއްމު - 2018 އާއި 2019ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ވާ ފައިސާ މި އަހަރު ރާއްޖެއިން އަނބުރާ ދައްކަން ޖެހެ އެވެ.
މި އަހަރުގެ ބަޖެޓުގައިވާ ގޮތުގައި:
ސްކޫކުގެ 450 މިލިއަނެއްހާ ޑޮލަރު ރީފައިނޭންސް ނުވަތަ ފަހުުން ފައިސާ ދައްކާ ގޮތަށް ލަސްކުރަން ވަނީ ނިންމާފައި
ސްކޫކަސް ދައްކަނީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ފައިސާއިން 150 މިލިއަނެއްހާ ޑޮލަރު
ސަރުކާރުން ވަނީ އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެ ލޯނު ދެއްކުމަށް ބޭރުގެ ފައިނޭންޝަލް އިދާރާއަކުން ބޮޑު އިންޓްރެސްޓުގައި ލޯނެއް ނަގަން އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.
ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ