ފުރިހަމަ، ރީތި ހިނިތުންވުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް، ދަތްތައް ސީދާ ތަރުތީބުނުވުމާއި، ދަތް މަދުވުމުގެ ސަބަބުން ގަންނަ ލަދާއި، ކެއިންބުއިމުގައި ކުރިމަތިވާ އުނދަގޫތަކުގެ އަސަރު ވަރަށް ބޮޑެވެ.
މިފަދަ މައްސަލަތަކަށް ރާއްޖެއިން ބޭރަށް ނުގޮސް، ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭރުގެ ތަޖުރިބާކާރު މެކްސިލޯފޭޝަލް ސާޖަން، ޑރ. މުހައްމަދު ސަލްމާން ބާޝާ އާއެކު ހާއްސަ ފުރުސަތެއް ފަހިކޮށްދީފައެވެ.
ޑރ. ބާޝާ އަކީ އަނގަޔާއި، ދަތްޕިލަ އަދި މޫނުމަތީގެ ކަށިތަކާ ގުޅޭ އުނދަގޫ ސާޖަރީތަކަށް ހާއްސަވެފައިވާ ޑޮކްޓަރެކެވެ. އޭނާއަކީ ހަމައެކަނި ދަތް އުފުރައި ނުވަތަ ދަތް އިންދާ ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ މޫނުމަތީގެ ބައްޓަމާއި ދަތްޕިލައިގެ މަސައްކަތްތައް އިއާދަކޮށްދިނުމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ "ފޭޝަލް އާކިޓެކްޓް" އެކެވެ.
ދަތް މަދުވުމުން 'ޑެންޗަރ' ނުވަތަ 'ބްރިޖް' ޖެހުމުގެ ބަދަލުގައި، މިހާރު އޮތް އެންމެ ކާމިޔާބު ފަރުވާއަކީ ޑެންޓަލް އިމްޕްލާންޓެވެ. ދަތް ޖެހުމަށް ބޭނުންވާ ކަށި މަދު ހާލަތްތަކުގައި، 'ބޯން ގްރާފްޓިންގް' ހަދައިގެން އިމްޕްލާންޓް ޖެހޭނެ މަގު ޑރ. ބާޝާ ފަހިކޮށްދެއެވެ.
ޑރ. ބާޝާގެ ހިދުމަތަކީ ހަމައެކަނި ދަތް ޖެހުމެއް ނޫނެވެ. އޭނާއަކީ މޫނުމަތީގެ ބައްޓަމަށް ބަދަލު އަންނަ ފަދަ ކަތުރުކަށީގެ މައްސަލަތަކަށް ހާއްސަ މާހިރެކެވެ.
ކަތުރުކަށި ދިގުވުން ނުވަތަ އެކަށީގެންވާ ވަރަށް ބޮޑުނުވާ ހާލަތްތަކުގައި، ސާޖަރީގެ އެހީގައި މޫނުމަތީގެ ބައްޓަން ރީތިކޮށް، ދަތްޕިލަ ހަމަޔަކަށް އަޅުވައިދެއެވެ. އަނގަ ހުޅުވައި ލެއްޕުމުގައި ތަދުވާނަމަ ނުވަތަ ކަތުރުކަށިން އަޑު ގޮވާނަމަ، އެކަމަށް އޮތް ޒަމާނީ ފަރުވާތައް ވެސް ފޯރުކޮށްދެއެވެ. ނުބައިކޮށް ފަޅާފައި ހުންނަ ނުވަތަ ކަށިގަނޑުތެރޭގައި ތާށިވެފައި ހުންނަ ދަތްތައް ރައްކާތެރިކަމާއެކު ނަގައި ދެއެވެ.
މި ހާއްސަ ހިދުމަތްތައް ހޯއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.
ޑރ. ބާޝާއާއެކު ފުރިހަމަ ހިނިތުން ވުމެއް ޑރ. ބާޝާއާއެކު ފުރިހަމަ ހިނިތުން ވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ