ދިވެހި އާއިލާއެއްގެ އެއްމާބަނޑު ތިން ކުދިން، ބަނޑަށް ފަސް މަހުގައި ނިޔާވެއްޖެ
ދިވެހި އާއިލާއެއްގެ އެއްމާބަނޑު ތިން ކުއްޖަކު މިއަދު ނިޔާވެއްޖެއެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ދެމަފިރިއެއްގެ ތިން ކުދިން ނިޔާވުމުން، އެ ކުދިންގެ ޖަނާޒާ މިއަދު ހަވީރު ވަނީ ހުޅުމާލޭ ސަހަރާ މިސްކިތުގައި ބާއްވައިފައެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން ކުދިން ނިޔާވީ، އަންހެން މީހާ ބަލިވެ އިންތާ ފަސް މަހުގައެވެ. އެ ދެމަފިރިންގެ އިތުރު ކުއްޖަކު ނުހުންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހެލްތު މިނިސްޓްރީން 2022ގައި ވަނީ، ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ބުނެފައެވެ. އެ މިނިސްޓްރީން ވަނީ، ރާއްޖޭގައި ވެސް ދުވަސް ނުފުރާ އުފަންވާ ކުދިންގެ އަދަދު އިތުރުވަމުން އަންނައިރު، އެ ކުދިން ބެލެހެއްޓުމުގައި މައިންބަފައިންނާއި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ކުޑަކޮށްދީ، އެހީތެރިވުމަށްޓަކައި ހޭލުންތެރިިކަން އިތުރުކުރަންޖެހޭ ކަމަށް އޭރު ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ