މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުގައި ހުންނެވި، އަބްދުލް މަތީން، އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަތީން އެމަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައިއެވެ. އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުނުވެ، މަތީންގެ މެސެޖުގައި ވިދާޅުވެފައިވަނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުން، މިއަދުން ފެށިގެން އިސްތިއުފާ ދެއްވީ ކަމުގައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމާއި މަތީން ހަވާލުވެވަޑައިގެންނެވީ، 28 ނޮވެމްބަރ 2023 ގައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިގ ޑިރެކްޓަރ މަތީން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ