ކުށް ސާބިތުވެ، ޝަހީބު އެންމެފަހުން އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ސާބިތުވުމާ ގުޅިގެން, ގއ. ވިލިނގިލި، ލައިޓްހައުސް, ޝަހީބު އިބްރާހީމް, އުމުރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ޝަހީބު އުމުރަށް ޖަލަށްލީ މި މައްސަލައަކީ، ރާއްޖެއަށް މި ފަހުން ޑްރަގް އެތެރެކުރި އެއް މައްސަލައެވެ. މި މައްސަލައިގައި 130 ކިލޯގެ ޑްރަގު އެތެރެކުރިއެވެ. މި މައްސަލައިގައި ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައެޅިއެވެ. https://www.sun.mv/211574 ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ޝަހީބު ހިމެނޭހެން ހަ މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އެއަށްފަހު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލި އެވެ. ބަންދުން ދޫކޮށްލުމުން، މި ފަހުން ޝަހީބު ފިލައިގެންވެސް އުޅުނެވެ. ޝަހީބު ފިލައިގެން އުޅެނިކޮށް އަލުން އޭނާ ހައްޔަރު ކުރީ، އޭނާގެ އަންހެނުން ހައްޔަރު ކުރުމުން، އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ފުލުހުންނާ ހަވާލުވުމުން މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝަހީބުއަކީ ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. ކޯޓުން ކުރިން ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފަހު، ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިތަކާއެކު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ޝަހީބު ކުރިއެވެ. ފަހުން ވަނީ ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ސަސްޕެންޑު ކޮށްފައެވެ. ޝަހީބަކީ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރި މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ