އދ.މަހިބަދޫގައި ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި ސީރިއަސް ހާލަތެއްގައި

އދ.މަހިބަދޫގައި ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި އެމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ހާދިސާގެ މައުލޫމާތު އެނގޭ އެރަށު ރައްޔިތަކު ބުނީ އެމީހާ ވެއްޓުނީ ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލައިންކަމަށް ބެލެވޭކަމަށެވެ. 
އޭނާ ވެއްޓުނުތަނުގައި ވަރަށް ބައިވަރު ލޭގެ އިތުރުން ދަތާއި އެނޫންވެސް އެތިކޯކޮޅު ހުރިކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި އެމީހާގެ މޫނުއޮތީ ކާކުކަން ވަކިނުވާވަރަށް ޒަހަމްވެފައެވެ. އިމާރާތުގެ މަތިން އެމީހާ ވެއްޓުމާއެކު، މަރުކަޒަށް ގެންދިޔައީ ރަށުޕިކަޕަކަށް ލައިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އެވަގުތު މަސައްކަތް ކުރަމުން ދިޔައީ ސަލާމަތީގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅައެވެ
ލިބިފައިވާ ޒަހަމްތައް ބޮޑުކަމުން އެމީހާ ވަނީ 10:30 ހާއިރު މާލޭކޮޅަށް ފޮނުވާލާފައެވެ. ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ބަލަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ