ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމް އަށް ތިނަދޫ ސިޓީއިން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޤާސިމް އިބްރާޙިމް އާއި އެމަނިކުފާނުގެ ޓީމް ތިނަދޫއަށް ވަޑައިގަތީ މިއަދު ހަވީރު އެވެ.
ގާސިމް ވަނީ ތިނަދޫއަށް ވަޑައިގަތުމުގެ ކުރިން އައްޑޫސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ގއ. ވިލިނގިއްޔަށްވެސް ވަޑައިގެންފައެވެ.
ގާސިމްގެ ހާއްސަ ޖަލްސާއެއްވެސް މިރޭ 21:00 ގައި ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހޫނު މަރުޚަބާއަކާއެކު ތިނަދޫ ސިޓީއިން ގާސިމް އަށް އޮތް ތާއީދު ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ