އޯލެވެލް ނިންމާ ކުދިންނަށް ދޭ ޔޫޑަބްލިއުސީގެ ސްކޮލަޝިޕަށް ހުޅުވާލައިފި

އޯލެވެލް އިމްތިހާނު ނުވަތަ އެ ފެންވަރުން ތައުލީމު ނިންމާ ކުދިން، މަތީ ސާނަވީ ތައުލީމް ހާސިލް ކުރުމަށްދޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު، ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ)އިން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޔޫޑަބްލިއުސީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި، މިއީ ގްރޭޑް ދިހައެއް ނިންމާ، ނުވަތަ ނިންމުމުގެ މަރުހަލާގައި އުޅޭ އުމުރުން 15-17 އަހަރުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، ކޮންމެ އަހަރަކު ހިންގާ ސްކޮލަޝިޕް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ހޮވޭ ކުދިންނަށް، އެކި ގައުމުތަކުގައި ހިންގާ ޔޫޑަބްލިއުސީގެ ކޮލެޖްތަކުގައި ކިޔެވުމަށް މާލީ އެހީދޭނެ ކަމަށް ބުންޏެވެ.
ބުނީ ކީކޭ؟ - "މިއީ ދިވެހި ދަރިވަރުންނަށް އޮތް ރަނުގެ ފުރުސަތެއް،" އެތަނުގެ ސިލެކްޝަންސް ކޯޑިނޭޓަރު ސުހާ އަހުމަދު ވިދާޅުވި އެވެ.
"މިއީ އެ ކުދިންގެ މުޅި ހަޔާތް ބަދަލުކޮށްލާނެ ކަމެއް. އެއީ ޔޫޑަބްލިއުސީ ސްކޫލުތަކުގައި ކިޔެވުމަކީ ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވަސިޓީތަކުން ބޭނުންވާ ރޮނގަކުން ކިޔެވުމަށް ވެސް ހުޅުވޭ ދޮރަކަށް ވާތީ."
މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު 15 އެވެ. މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު އެތަނުގެ ވެބްސައިޓު ލިބޭނެ ކަމަށް ބުންޏެވެ.
ޔޫޑަބްލިއުސީއަކީ ކޮބާ؟ 
ދުނިޔޭގެ 18 ގައުމެއްގައި ސްކޫލްތައް ހިންގާ ޔޫޑަބްލިއުސީ އުފެއްދީ 1963ގަ އެވެ. ޔޫޑަބްލިއުސީގެ މައިގަނޑު ތައުލީމީ މޮޑެލްއަކީ އެ ކޮލެޖުގެ އިންޓަނޭޝަނަލް ބެކަލޯރިއަޓް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދެ އަހަރުގެ ޑިޕްލޮމާއަކީ ދުނިޔޭގެ ގިނަ ގައުމުތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ވެސް ބަލައިގަންނަ ސެޓްފިކެޓެއް ކަމަށް އެތަނުން ބުންޏެވެ.
ޔޫޑަބްލިއުސީއިން ބުނިގޮތުގައި: 
އެތަނުގެ ޕްރޮގްރާމް 2001ގައި ރާއްޖޭގައި ހިންގަން ފެށި ފަހުން، އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީތެރިކަމާ އެކު، މިހާތަނަށް 67 ދަރިވަރަކު ވަނީ އެ ޕްރޮގްރާމް ފުރިހަމަކޮށްފައި
 މިހާރު ވެސް ފަސް ދަރިވަރަކު އަންނަނީ ޖަރުމަނާއި ކެނެޑާ އާއި އިންޑިއާ އާއި ޗައިނާ އަދި ދެކުނު އެފްރިކާގައި ކިޔަވަމުން
އެ ސްކޫލުތަކުން ކިޔެވުން ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންހެން، އިތުރު ސްކޮލަޝިޕްތައް ވަނީ ހޯދާފައި. އޭގެތެރެއިން ގިނަ ކުދިން ކިޔެވީ އަދި ކިޔަވަމުން އަންނަނީ ވެސް އެމެރިކާގެ އެންމެ މޮޅު ޔުނިވަސިޓީތަކުން ކަމަށް ބުނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ