މަޖިލީހުގެ މި ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު ދަންމައިލަން މިއަދު ފާސްކޮށްފި އެވެ.
އެކަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކޯޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
އަބްދުއްރަހީމް ހުށަހެޅުއްވީ ތިން ވަނަ ދައުރު އަންނަ މަހުގެ 4 އާ ހަމައަށް އިތުރުކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ނިންމަން ހުރި މަސައްކަތްތަކަށް ހުރުމާ އެކު އެ މަސައްކަތްތައް ނިންމުމުގެ ގޮތުންނެވެ.
އެގޮތުން ދައުރު އިތުރުކުރަން ފެންނަ ފާސްވީ 55 މެންބަރުން ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަތް މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ