ވޭޕް ޖޫރިމަނާ؛ އޮކްޓޫބަރު މަހު 35 މީހަކު 226،000 ރުފިޔާއިން ޖޫރިމަނާ

ވޭޕް ކުރުމާއި ގެންގުޅުމުގެ ކުށުގައި މިދޔަ މަހު އެކަނިވެސް 226،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފި އެވެ. 
ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ މަހު ވޭޕް ކުރުމާއި އެފަދަ ތަކެތި ގެންގުޅުމާއި ގުޅޭ 25 މައްސަލައެއް ވަނީ ބަލާފަ އެވެ. އެ މައްސަަލަތަކުގައި 35 މީހަކު ހިމެނޭ ކަމަށާ އެ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ވޭޕާއި އީ ސިގިރޭޓު ގެންގުޅުނު 15 މީހަކާއި ވޭޕާއި އީ ސިގިރޭޓު ބޭނުންކުރި 19 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެ މީހުން ޖޫރިމަނާ ކޮށްފައިވަނީ 226,000 ރުފިޔާ އެވެ. 
ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައުވާގޮތުން، އެ ގާނޫނާ ޚިލާފް ވެއްޖެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ