މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ހިސާބަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ހިސާބަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރީނދޫ ސަމާލު ނެރެފައިވަނީ ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިްނ މައުލޫމާތުދެއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ސަރަހައްދު ތަކަށް މިއަދު މެންދުރު ފަހު 01:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ރީނދޫ ސަމާލު ނެރެފައިވާ ވަގުތު ތަކުގައި ކުދި އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށްވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ