ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް އިމާރާތްކުރާ ބިން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި އަޅާ މިސްކިތުގެ ބިން އެޗްޑީސީން މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު ބިމުގެ އެއްބަސްވުމުގައި:
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު
ތަފްސީލް - ހުޅުމާލެ ފޭސް 2 އަދި 3 ގުޅޭ ސަރަހައްދުގައި އަޅާ މިސްކިތުގެ މަޝްރޫއަށް ފައިނޭންސް ކުރަނީ ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުނިންނެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިސްކިތުގެ ބިންގާ އަޅާނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާއާ ގުޅުވައިގެން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ކަލަންޑަރުން 2 ރަބީއުލްއާހިރުގަ އެވެ. އެ ދުވަސް މި އަހަރު ދިމާވަނީ 13 ސެޕްޓެމްބަރަށެވެ.
މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް އިމާރާތުގެ އިތުރުން ޕާކިންއަށް ހާއްސަ ޖާގަ ވެސް ހިމެނޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އަޅާ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ