ޝަމްއާންގެ ތުހުމަތުތައް ދޮގުކޮށް ކަންހިނގި ގޮތް ކިޔައިދޭން ފުލުހުންނަށް، އިހުސާން އަންގަވައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ކުރެއްވި ތުހުމަތުތައް ހޯމް މިނިސްޓަރު އަލީ އިހުސާން ދޮގު ކުރައްވައިފި އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ އެއް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
ހުކުމް ކުރުމުގެ މަޖިލީހަށް ވަނުމުގެ ކުރިން ޝަމްއާން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އިހްސާން އަޑީގައި ހުންނަވައިގެން އޭނާ ފްރޭމް ކުރުމަށް އުފުލި ދައުވާތަކެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ބިދޭސީން ގެނައުމަށް ދޫކުރާ ކޮންމެ ކޯޓާއަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 އެމެރިކާ ޑޮލަރުގެ މަގުން އިހުސާން ފައިސާ ނަންގަވަމުންދާ ކަމަށްވެސް ޝަމްއާން ތުހުމަތު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ