ވޯލްޑް ކަޕަށް ފީފާއިން ނެގި ރެފްރީންގެ ތެރޭގައި ހިމެނޭ ސޮމާލިއާގެ ރެފްރީ އުމަރު އާތަން އަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދިނީ ޓެރަރިސްޓުންނާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވިގެން ކަމަށް އެމެރިކާގެ އޮފިޝަލަކު ބުނެފި އެވެ.
ކެންޔާގައި ހުންނަ އެމެރިކާގެ އެމްބަސީން ވިސާ ދިނުމުން އެމެރިކާގެ މަޔާމީ އަށް އާތަން ދަތުރު ކުރި އެވެ. އެކަމަކު އޭނާ އަށް އެއާޕޯޓުން އެތެރެވުމުގެ ހުއްދައެއް ނުދިނެވެ.
އީއެސްޕީއެން އިން ބުނީ ސޮމާލީއާގައި ހަރަކާތްތެރިވާ އައް ޝަބާބު ގުރޫޕާ ގުޅުން އޮތް ކަމަށް އާތަން އަށް އެމެރިކާއިން ތުހުމަތު ކުރާ ކަމަށެވެ.
އެމެރިކާގެ ވައިޓް ހައުސްއިން ވޯލްޑް ކަޕަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ މެންބަރު އެންޑްރޫ ޖޫލިއާނީ ބުނީ އާތަން އަށް އެމެރިކާ އަށް އެތެރެވުމުގެ ފުރުސަތު ނުދިނީ "މަގުބޫލު ސަބަބުތަކެއް" ހުރުމުންނެވެ.
އެކަމަކު އެއީ ކޮން ސަބަބުތަކެއް ކަމެއް އޭނާ ނުބުނެ އެވެ.
ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަވިއުގައި އާތަން ބުނީ މަޔާމީގެ އެއާޕޯޓްގައި 12 ގަޑިއރު ވަންދެން އޭނާ ބަހައްޓައި އިމިގްރޭޝަނުން ސުވާލު ކުރި ކަމަށެވެ.
އޭނާ ބުނީ އޭނާ އަށް އެމެރިކާ އަށް އެތެރެވުމުގެ ފުރުސަތު ނުދިނީ ސޮމާލިޔާއާ މެދު މައްސަލަތަކެއް ހުރުމުން ކަމަށެވެ.
އާތަންއަކީ އެފްރިކާގެ އެންމެ މޮޅު އެއް ރެފްރީ އެވެ. ފީފާއިން ބުނީ އިމިގްރޭޝަން މައްސަލަތަކަކީ އެ އިދާރާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
މިހާރު ފީފާއިން ވަނީ ވޯލްޑް ކަޕްގެ އޮފިޝަލުންގެ ލިސްޓުން އޭނާގެ ނަން އުނިކޮށްފަ އެވެ.
ސޮމާލިއާގެ ރެފްރީ އެމެރިކާއަށް ނުވެއްދީ "ޓެރަރިސްޓުންނާ ގުޅުން އޮތް" ކަމަށް ބުނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ