ސީލައިފް އައްމަޓީގެ އިސްތިއުނާފު މައްސަލަ ކެންސަލް
ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑު އެހުން މިއަދު ކެންސަލް ވެއްޖެއެވެ. މިއަދު ހެނދުނަށް ތާވަލުކޮށްފައި އޮތް މި މައްސަލަ ކެންސަލްވީ ސަބަބެއް ހައިކޯޓުން ނުބުނެއެވެ. މި ކޭސްގެ ފުރަތަމަ އަޑުއެހުން ހައިކޯޓުންވަނީ ލައިވްކޮށް ގެނެސްދީފައެވެ. ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އައްމަޓީގެ މައްޗަށް ކުރި ޚިޔާނާތުގެ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މިދިޔަ މަހު އޮތީ ހައިކޯޓުގައި ފަށައިފައެވެ. ހައިކޯޓުގައި އަޑު އެހުން ފެށި ދުވަހުވެސް ތިން ގަޑިއިރަށްވުރެ ގިނައިރުވީ އަޑު އެހުމެއް ބޭއްވިއެވެ. https://www.sun.mv/222231 އެ ދުވަހުގެ އަޑު އެހުމުގައި، ޝަރީއަތުގައި ކަންކަން އޮޅުވައި ނުލެވޭނެ ކަމަށާއި، މަކަރާއި ހީލަތް ހަދައިގެން ޝަރީއަތުގައި ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ، އައްމަޓީވަނީ ދައުލަތުގެ ވަކީލުންނަށް ފާޑުކިޔައިފައެވެ. "މިއީ ޝަރިއަތުގެ މާލަން، މި މާލަމުގައި ވާހަކަ ދައްކަން ޖެހޭނީ ކަން ހިނގާފައި ހުރި ގޮތަށް. ލިޔެކިޔުންތަކުގައި ހުރި ގޮތަށް. މިތާނގަ މަކަރާއި ހީލަތް ހަދާފަ އޮޅުވާލައިގެން ދޮގު ހަދައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނޯންނާނެ." އެ ދުވަހު ހައިކޯޓުގައި އައްމަޓީ ބުންޏެވެ. މި މައްސަލައިގެ އިސްތިއުނާފު ފެށުނުއިރު، އައްމަޓީގެ ޕާސްޕޯޓް އޮތީ ހައިކޯޓުން ހިފަހައްޓާފައެވެ. ހައިކޯޓުގައި މި މައްސަލަ ބަލަނީ، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، މުހައްމަދު ޝަނީޒު އަބްދުﷲ އަދި އަބްދުލްމާނިއު ހުސެއިންއެވެ. މައްސަލައިގެ ރިޔާސަތު ފަނޑިޔާރަކީ ޝަނީޒްއެވެ. މިއަދުގެ ޝަރިއަތުގައި ބެންޗުން ވަނީ ގިނަ ސުވާލުތަކެއް ދައުލަތާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ