ޖަޕާނުން ހަދިޔާކުރާ އަލިފާން ނިއްވާ ޕަމްޕުތައް އެމްއެންޑީއެފްއާ ހަވާލުކޮށްފި

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އަލިފާން ނިއްވުމަށް ބޭނުންކުރާ ޕަމްޕުތައް އެމްއެންޑީއެފްއާ މިއަދު ހަވާލުކޮށްފިއެވެ. މި ޕަމްފުތައް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްއެންޑީއެފްއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ލިބިފައިވާ ފަޔާފައިޓިން ޕަމްޕާއި އިކުއިޕްމަންޓް ހަވާލުކޮށްފައިވާކަމަށެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެ ޕަމްޕުތައް ހަވާލުކޮށްފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށެވެ. https://x.com/MNDF_Official/status/2057079283659780575 މީގެ ކުރިންވެސް ޖަޕާނުން ވަނީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރަން ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް 79 މިލިއަން ރުފިޔާ (800 މިލިއަން ޔެން)ގެ ޒަމާނީ އާލާތްތައް ހަދިޔާކޮށްފައެވެ. https://sun.mv/200314 ޖަޕާނަކީ އަބަދުވެސް ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ