މަހުދީ މަރުވި މައްސަލަ ތަހުގީގުކުރަން ފަށައިފި
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ އޮފިސަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވި ހާދިސާ ހިންގަން މެދުވެރިވި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.އެ ހޮހޮޅައަށް ޑައިވްކުރި އިޓަލީގެ ޓޫރިސްޓުން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން މަހުދީ ނިޔާވެފައި ވަނީ ޑައިވްކުރަނިކޮށް ޑިކޯ ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހު އެވެ.ރަސްމީ އިއްޒަތުގައި މަހުދީގެ ޖަނާޒާ ހަމަ އެރޭ ވަނީ ބާއްވާފަ އެވެ.ފުލުހުން މިރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރި ގޮތް ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. މަހުދީ ނިޔާވުމާއެކު އެ އޮޕަރޭޝަން މަޑު ޖައްސައިލުމަށްފަހު އަލުން ކުރިއަށް ގެންގޮސްފައި ވަނީ އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑްގެ އެކްސްޕާޓް ޑައިވަރުންނާއެކު އެވެ. އިއްޔެ އާއި މިއަދު އެމީހުން ވަނީ ހޮހޮޅައިގައި ތާށިވެފައިވާ މީހުންގެ ހަށިތައް ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ