ހުޅުމާލެ 2 ގައި ހުންނަ ފިހާރަައަކަށް ވަޅިއެއް ހިފައިގެން ވަދެ، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވަޅި ހިފައިގެން ފިހާރައަަކަށް ވަދެ އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީ އާއްމުންގެ ބައެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގި މައްސަލަ މިއަދު ރިޕޯޓުކުރި ކަމަށާއި އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ބަޔަކު ދެއްކި ވާހަކަތަކުން އެނގޭ ގޮތުން ވަޅި ހިފައިގެން އެ ފިހާރަ އަށް ވަދެ އުޅުނު މީހާ އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިން ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.
ވަޅިއެއް ހިފައިގެން ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ