ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު، ގާސިމް އެންމެ ފުރަތަަމަ ވަޑައިގެންނެވީ ނައިބު ރައީސްގެ ބައްޕާފުޅު އަރިހަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ނައިބު ރައީސް ފައިސަލް ނަސީމްގެ ބައްޕާފުޅު އަހުމަދު ނަސީމްއާ ރޭ ބައްދަލު ކުރައްވައިފިއެވެ.
ގާސިމް، ނާއިބު ރައީސް ގެ ބައްޕާފުޅާއި ބައްދަލުކުރައްވާފައިވާނީ، ފުވައްމުލަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިންނެވެ.
ފައިސަލް ނަސީމްގެ ބައްޕާފުޅާއި ގާސިމް އިބްރާހީމް އަކީ ޒަމާންވީ ގާތް ދެ ރަހުމަތްތެރިންނެވެ. ގާސިމް އިއްޔެ ފުވައްމުލަށް ސިޓީއަށް ވަޑައިގެން، އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ވަޑައިގެންނެވީ އަހްމަދު ނަސީމާއި ބައްދަލުކުރެއްވުމަށެވެ. 
Advertisement
ނާއިބު ރައީސްގެ އުފަން ރަށަށް އިއްޔެ ގާސިމް ވަޑައިގެންފައިވާއިރު، އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މަރުހަބާ ދެންނެވުމަށްޓަކައި ކުދި ބޮޑު އެތައް ބަޔަކު ވަނީ ލަފާ ސަރަހައްދަށް އެއްވެފައެވެ. 
ފުވައްމުލަކަށް އުފަން، ފައިސަލް ނަސީމް، ނާއިބު ރައީސް ކަމުގެ މަގާމަށް އައްޔަނު ކުރެވުނީ ޖުމްހޫރީ ޕާޓީގެ ސްލޮޓް ގައެވެ. އެއަށްފަހު ވެސް ގާސިމާއި ގާތް ގުޅުމެއް ބޭއްވި ނަމަވެސް ރިޔާސީ އިންތިހާބުގައި، ރައީސް ޞާލިހު ގެ ރަނިންމޭޓަކަށް ވުމުގެ އުއްމީދުގައި ފައިސަލް ނިންމެވީ އެމަނިކުފާނަށް ތާއީދު ކުރައްވާށެވެ. 
ނަމަވެސް ރައީސް ޞާލިހު ގެ ރަނިންމޭޓަކަށް ކަނޑައެޅީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ