އެމްއެމްޕީއާރުސީން ވަނީ ބާލިން އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް (ބާލިނޭލް) ގައި ރާއްޖެ އިސްތިހާރު ކުރަން ރާއްޖޭގެ ވީޑިއޯތަކެއް ދައްކާފަ އެވެ.
ޔޫރަޕުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެއް އިވެންޓް ކަމަށްވާ ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ބާލިނޭލް) ގައި ރާއްޖެ އިސްތިހާރު ކުރަން ހަރަކާތެއް ހިންގައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ޕާޓްނަރުންނާ ގުޅިގެން، 75 ވަނަ ބާލިން އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް (ބާލިނޭލް) ގައި ހިތްގައިމު ކެމްޕޭނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ މި ފެސްޓިވަލްގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަޤްސަދަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި އޮތް މަޤާމު ވަރުގަދަކުރުމެވެ.
ބާލިން ފިލްމް ފެސްޓިވަލް - ބާލިނާލް އަކީ 1.6 މިލިއަނަށްވުރެ ގިނަ ބައިވެރިންގެ ސަމާލުކަން ހޯދައިދިން ޝަރަފުވެރި ހަރަކާތެކެވެ. އޭގެ ތެރޭގައި ފިލްމު ހަދާ ފަރާތްތަކާއި، މަޝްހޫރު ފަންނާނުންނާއި ސިނާއަތުގެ ޕްރޮފެޝަނަލުންނާއި ސިނަމާއަށް ލޯބިކުރާ މީހުން ހިމެނުނެވެ. މިއީ ރާއްޖޭގެ ރީތިކަން ދައްކުވައިދިނުމަށް އެންމެ އެކަށީގެންވާ މަންސަބެއް ފަހިކޮށްދިން ހަރަކާތެކެވެ. މުޅި ފެސްޓިވަލް ތެރޭގައި ބޮޑު ދެ ޑިޖިޓަލް ބިލްބޯޑެއްގައި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމެނޭ 30 ސިކުންތުގެ ވީޑިއޯ އިޝްތިހާރު ތަކެއް މި ކެމްޕޭނުގައި ދައްކުވައިދެވުނެވެ.މި އިސްތިހާރުތަކުގައި އެސްއޯ/ މޯލްޑިވްސް އާއި ރިސޯޓް ލައިފް ޓްރެވަލް އަދި ކެނަރީފް ރިޒޯޓް މޯލްޑިވްސްގެ އިތުރުން އެރީނާ ހޮޓެލްސް އާއި ބްރެނިއާ ކޮއްތޭފަރު އަދި ސަމަރ އައިލެންޑް މޯލްޑިވްސް ފަދަ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަޝްހޫރު ފަރާތްތަކާ ގުޅިގެން ހިންގި މި ސްޓްރެޓެޖިކް ކެމްޕޭނުގައި ރާއްޖޭގެ ތަފާތު ލީޒަރ އަދި ލަގްޒަރީ ހުށަހެޅުންތަކަށް ފެނިގެން ގޮސްފައިވެ އެވެ.އެ ކުންފުނިން ބުނީ މި އިސްނެގުމުގައި ވިޒިޓް މޯލްޑިވްސްގެ އިނޮވޭޓިވް ގްލޯބަލް މާކެޓިން ސްޓްރެޓެޖީ ތަކުގެ ތެރެއިން ކުރާ މަސައްކަތާއި ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ކުރާ މަސައްކަތް ހާމަ ވެގެންދާ ކަމެއް ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔޫރަޕުގެ މަަޝްހޫރު އެއް ފިލްމް ފެސްޓިވަލްގައި ރާއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ