މާރިޗު މަސް | އަގުތައް ދަށް، އެންމެ ދަށްވީ ކަރަންޓު

އެމްބީއެސްގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ވަނީ 0.69 ޕަަސެންޓު ވެއްޓިފަ އެވެ.
މިދިޔަ މާރިޗު މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުތަނުން ވެއްޓިފައިވާ ކަމަށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފި އެވެ. 
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ސީއައިޕި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހަކީ މި އަހަރު އެންމެ ބޮޑަށް މުދަލާއި ހިދުމަތުގެ އަގުތައް ޑިފްލޭޝަނެއްގައި ހުރި މަހެވެ. 
އެމްބީއެސްގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ވަނީ 0.69 ޕަަސެންޓު ވެއްޓިފަ އެވެ. މި ވެއްޓުމުގެ މައިގަނޑު ސަބަބަކީ ރޯދަ މަހު ފެނާއި ކަރަންޓު ބިލްތަކަށް ސަރުކާރުން ދިން ޑިސްކައުންޓެވެ. މީގެ ސަބަބުން އަގުތައް ނެގި މުއްދަތުގައި ބޮޑުތަކުން ވަނީ ހިދުމަތުގެ އަގު ދަށްވެފަ އެވެ. 
މިދިޔަ މާރިޗު މަހު އެންމެ ބޮޑަށް އަގުތައް ދަށަށް ގޮސްފައިވާ ކަރަންޓުގެ އަގުތައް ހުރީ -19.90% ޕަސެންޓު ދަށުގަ އެވެ. އަދި ދެން އެންމެ ބޮޑަށް އަގުތައް ވެއްޓިފައިވަނީ މޮބައިލް ކޮމިއުނިކޭޝަންގެ ބައިންނެވެ. މި ބައިގެ އަގުތައް -2.12% ވެއްޓިފައިވެ އެވެ. މިއީ ރޯދަ މަހު އެންމެ ބޮޑަށް ޑިސްކައުންޓެއް ދިން ދެ ދާއިރާ އެވެ. 
މާރިޗު މަހު އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ މޭވާގެ ބާވަތްތަކުންނެވެ. މިބައިގެ އަގުތައް +6.05% އުފުލިފައިވެ އެވެ. އަދި މަހުގެ އަގުތައް +0.95% ޕަސެންޓަށް އުފުލުނުއިރު ފެނުގެ އަގުވެސް +0.69% ޕަސެންޓް މަތިވެފައިވާ ކަމަށް ދައްކަ އެވެ. 
އެމްބީއެސްގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ މަހު މާލޭގައި ތަކެތީގެ އަގުތައް ހުރީ 0.61 ޕަސެންޓު ދަށުގަ އެވެ. އަދި އަތޮޅު ތެރޭގައި މި ދަށްވުން 0.81 ޕަސެންޓުގައި ހުރިކަމަށް ދައްކަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ