ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށް ސުވާލުކޮށްފި އެވެ.
ފުލުހުން ބުނީ ބާރަށުގައި ސިހުރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން މިއަދު ހެނދުން ފެށިގެން އެ ރަށުގައި އޮޕަރޭޝަނެެއް ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި އަށް ތަނެއް ބަލާ ފާސްކޮށް މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
Advertisement
އެ މީހުންނާއި ސުވާލު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ސިހުރުގެ ވަބާ އަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. އެ މައްސަލަ ބައެއް ރަށްރަށުގައި ވަރަށް ބޮޑެވެ.
ސިހުރު ހެދުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސިހުރުގެ ސަބަބުން އުފާވެރި އެތައް އާއިލާއެއްގެ ހަމަޖެހުން ގެއްލިފައިވެ އެވެ. އެތައް އާއިލާތަކެއް ރޫޅިފައިވެ އެވެ. އެތައް ބަޔަކު ވާނުވާ ނޭންގި ބަލި ހާލުގައި ދިރިއުޅެން ޖެހިފައިވެ އެވެ. އަރާމް ނިދިން މަހްރޫމްވެ ދަތި ދިރިއުޅުމެއްގައި އުޅެން ޖެހިފައިވެ އެވެ.
ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށް ސުވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ