ހިޔާގެ އެޕާޓްމަންޓެއްގެ ތެރޭގައި ދުވަސްވީ މީހަކު ވެއްޓި އަނިޔާވެފައި

ހިޔާގެ އެޕާޓްމަންޓެއްގެ ތެރޭގައި ދުވަސްވީ މީހަކު ވެއްޓި އަނިޔާވެފައި ވަނިކޮށް ފެނިއްޖެ އެވެ.
އެ މީހާއަށް އަނިޔާވެފައި އޮއްވާ ފެންނަ ފޮޓޯއެއް ވަނީ އާންމުވެފަ އެވެ. ދުވަަސްވީ އެ ފިރިހެން މީހާ ވެއްޓިފައި އޮތީ އެޕާޓްމަންޓްގެ ތަޅުން މައްޗަށެވެ. އޭރު ވަރަށް ގިނަ އަދަދަކަށް ލޭ އައިސްފައިވެ އެވެ.
އެ ފޮޓޯއަކީ އެ އެޕާޓްމަންޓަށް އެ ވަގުތު ވަތް މީހަކު ނަގާފައިވާ ފޮޓޯ އެކެވެ. އޭނާ އެ ފޮޓޯ ހިއްސާކުރީ ހިޔާގެ ކޮމިއުނިޓީ ވައިބާ ގްރޫޕް ގަ އެވެ. އެ ފޮޓޯ ހިއްސާކޮށް އޭނާ އެދުނީ ކޮންމެވެސް ބަޔަކު އައިސް އެ މީހާއަށް އެހީތެރިވެ ދިނުމަށެވެ. އެ އެޕާޓްމަންޓް ގައި އިތުރު ބަޔަކު ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
Advertisement
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ މިއަދު 4:50 ހާއިރު ހިޔާގެ އެޕާޓްމަންޓެއްގައި އުމުރުން ދުވަސްވީ މީހަކު އަމިއްލައަށް އުޅުމުގެ ތެރޭގައި ތެރޭގައި ގޭގެ ތެރެއަށް ވެއްޓި އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި ފުލުހުން އެތަނަާށް ގޮސް އެ މީހާ ހޮސްޕިޓަލަށް ގެންދަން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ