ޝާމިލާ ދެކޮޅަށް އަޒްމިރަލްދާ ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހެޅީ ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެވެ.އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށައިފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ތަހުގީގެއް ހިންގަމުން އަންނަ ބުނެ ޝާމިލް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުވައި، ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އަޒްމިރާލްދާގެ ގާނޫނީ ޓީމުން ބުންޏެވެ.އެ މައްސަލައިގައި ފުލުހުން ދިން ޖަވާބު ފެންނަ ފޮޓޯއެއް އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު މިއަދު ހިއްސާކުރެއްވި އިރު އޭގައި ބުނެފައިވާ ގޮތުން އޭސީސީގެ ސިޓީއާ ގުޅިގެން ޖިނާއީ ކުށުގެ އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައިހުރި އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ޝަމީލް މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ފަނޑިޔާރުގެ ފަރާތުން ހުށަހެޅި މައްސަލަތައް ނުބަލަން ނިންމައި ފުލުހުން ފޮނުވި ލިޔުން ހިއްސާކޮށްފަ އެވެ.މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާއަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރި މައްސަލާގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވެ އެވެ. ފުލުހުން ނިންމީ އެ މައްސަލަ ވެސް ނުބެލުމަށެވެ.މައްސަލަތަށް ނުބަލާން ނިންމީ އެ ދެ މައްސަލަ ބެލުމަށް އެކަށީގެންވާ ސަބަބެއް ނެތް ކަމުގައި ދެކޭތީ ކަމަށް ފުލުހުން ބުންޏެވެ."އިސްވެދެންނެވުނު ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަމަކީ، އެ މައުލޫމާތު ބަލައިގަތް އިދާރާ [ޖޭއެސްސީ] އިން ވަޒަންކޮށް އެއާއިމެދު ގޮތެއް ނިންމުމުން ނޫނީ ތިޔަ ފަރާތުން ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ފަދަ ކަމެއް ކަމުގައި ނުވާތީ.." ޝާމިލް އާ ގުޅޭ މައްސަލަ ނުބަލަން ނިންމި ސަބަބުގެ ގޮތުގައި ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ