ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ފައިސަލް ހަމަޖައްސަނީ

ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އަހުމަދު ފައިސަލް ހަމަޖެއްސުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީ އިން ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަނު ކުރަން ނިންމީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ.
ތަފްސީލް - ފަނޑިޔާރު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ 24 ޖުލައި 2018 ގަ އެވެ.
ފަނޑިޔާރު ފައިސަލްގެ ކުރު ތައާރަފެއް
ރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އިން ޝަރީއަތާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވޭ 
2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވޭ
ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބާގައި މަސައްކަތް ކުރައްވާފައިވޭ
22 މެއި 2014 އިން ފެށިގެން ޖޭއެސްސީގެ މެންބަރުކަން ކުރައްވާފައިވޭ
އެ އަހަރުގެ ޖުލައި 13ގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަންނަވަންދެން ކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމު ފުރުއްވާފައިވޭ
ފާހަގަ ކުރެވޭ - ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމު ކޯޓަށް ބަދަލު ކުރެއްވުމުން ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ވަގުތީ ގޮތުން  ފަނޑިޔާރު ފައިސަލް އައްޔަނު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ