ރައީސްގެ ވިސްނުން ހުރީ އަތޮޅު ކައުންސިލްތައް އުވާލާ، ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސްގެ ވިސްނުން ހުރީ އަތޮޅު ކައުންސިލްތައް އުވާލާ، ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް

އަތޮޅު ކައުންސިލްތައް އުވާލާ ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، އިއްޔެ މެންދުރު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް ހުށަހެޅުއްވި ކަންކަން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އަދަދު ނޫހާ ހިއްސާކޮށްފަ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ބޮޑު ބަދަލެއް ގެންނަ ގާނޫނެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ލާމަރުކަޒީ ގާނޫނެވެ. އެގޮތުން ރައީސްގެ ވިސްނުން ހުރީ އަތޮޅު ކައުންސިލްތަކުގެ އަދަދު މަދުކޮށް އާބާދީއަށް ބަލާ ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށްވެސް ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ.
ރައީސް ބޭނުން ވަނީ 500 މީހުން ހަމަނުވާ ރަށްރަށަށް ތިން ކައުންސިލަރުން އަދި 500 އިން މަތީގެ އާބާދީތަކަށް ފަސް ކައުންސިލަރުން އިންތިހާބު ކުރާގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ވާހަކަ މީގެ ކުރިންވެސް ރައީސް މުއިއްޒު ދެއްކެވި އެވެ.
އެ ގޮތުން، މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ގާނޫނަށް ބަދަލު ގެނެސް، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް ރާއްޖެއަށް އެކަށީގެންވާ މިންވަރަކަށް ކުޑަކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"100 މީހުން ތިބޭ ރަށުގައި ވެސް 5 ކައުންސިލަރުން އެބަ ތިއްބޭ. ކައުންސިލްގައި ތިބެނީ. ބައްޕަ އާއި މަންމަ އާއި ދަރިންނާ. އެކަކު ދަނީ މަހަށް. އެއީއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ގޮތަކީ." ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވި އެވެ. ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވާލަން އުޅޭ ކަމަށާއި ކައުންސިލަރުންނަށް މަލާމަތްކޮށް ކުޑައިމީސްކުރި ކަމަަށްވެސް ގިނަ ބަޔަކު އޭރު ސޯޝަލް މީޑިގައި ބުންޏެވެ.
މިކަމާ ގުޅިގެން އެމަނިކުފާނު، ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ކުފޫ ހަމަވާ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު މުހައްމަދު ވަހީދު ވެސް ވިދާޅުވި އެވެ.
ކައުންސިލަރުން މަސައްކަތް ނުކުރާ ކަމަށް ބުނެ، އެއީ ދައުލަތުން ކުރާ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަކުރައްވާއިރު ރާއްޖޭގެ ކޮންމެ ރަށަކަށް 13 މީހުންގެ ރޭޓުން މި ސަރުކާރުން ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ